ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް އުޅުނު އަލީ ރަމީޒް އެ ޖަމިއްޔާއިން ވަކިވެއްޖެއެވެ.
އޭނާ އިސްތިއުފާ ދިންކަމަށް މިރޭ ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ. ނަމަވެސް އިސްތިިއުފާ ދިން ވަކި ސަބަބެއް ހާމައެއް ނުވެއެވެ.
އަލީ ރަމީޒް ވަނީ ޖަމިއްޔަތުއް ސަލަފުގެ އިސް މަގާމުތައް ވެސް އަދާކޮށްފައެވެ.

