އައިޖީއެމްއެޗް ތެރޭ ހަޑިހުތުރު ބަހުން އަޑުގަކުރި މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ 5 ދުވަހެވެ.
އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން އޭނާ އަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ އާންމުންނާ ދިމާލަށްވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުންވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށެވެ.
މި މީހާ އަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދު ލޮގް އޮތް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

