ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ ޑިއުޓީގައި ތިބި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއް ބަލަމުން އަންނަކަމަށެވެ.
އަދި މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މާލެ ސިޓީ މާފަންނު ސްޓަރ އަށް ނިސްބަތްވާ 48 އަހަރުގެ މުހައްމަދު ރަޒީން ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުންވެސް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓުގެ މުއްދަތުކޮމެޓީއަށް ހާޒިރު ކުރުމުން އޭނާ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

