ބަނގުރާ ބުއި މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރު ޖަހަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޖުލައި 22 ވަނަ ދުވަހުގެ ރޭގަނޑު 19:50 ގައި ކާނިވަލް ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ކާރުގައި އޮތް މާލެއަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ އޭނާ ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެ މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމުން، އެއީ އޭނާ ބޯން ގެންގުޅުނު ތަކެތި ކަމަށް ބުނެ، އިއުތިރާފްވެފައި ވެއެވެ.
މި މައްސަލައިގައި އެ މީހާއާ ޕީޖީއާ ދެމެދު އިއުތިރާފު އެއްބަސްވުމެއް ހަދާފައި ވެއެވެ. މިއާއެކު އެ އެއްބަސްވުމުގައިވާ ގޮތަށް މި ކުށުގެ އުގޫބާތެއްގެ ގޮތުން 40 އެތިފަހަރުން ޖަލްދުކުރުމާއެކު 13 ދުވަހާއި 12 ގަޑިއިރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. އަދި 13 ދުވަހާއި 12 ގަޑިއިރަށް ޖަލު ހުކުމް 2،700ރ.ގެ ޖޫރިމަނާ އަދަބަކަށް ބަދަލުކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. އެގޮތުން މިހާރަކަށް އައިސް މަސްތުވާތަކެތި ދިރުވައިގެން ރާއްޖެ އެތެރެކުރާ މައްސަލަ ވެސް ފެންމަތިވެފައިވެއެވެ.

