އެޗްޑީސީއިން ރޭ ވަގަށްނެގި 5 ލެޕްޓޮޕް ފުލުހުން ހޯދައިފިއެވެ. މިކަން ހާމަ ކޮށްފައި ވަނީ ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުންގެ މެސެޖްގައި ބުނެފައިވަނީ އެޗްޑީސީއިން ރޭ ވަގަށްނެގި އެޗްޑީސީގެ 5 ލެޕްޓޮޕް ހޯދާފައިވާ ކަމަށެވެ. ނަމަވެސް، މި ލެޕްޓޮޕްތައް ހޯދުނު ގޮތާއި، ވަގަށްނެގި ފަރާތުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ފިކުރުގެ ނޫސްތަކުން މި މައްސަލަ ގުޅުވަމުންދަނީ މިހާރު ހިނގަމުންދާ ގެދޮރުވެރިޔާ ސްކޭމާއި އިހަށްދުވަހު ދިމާވި އަލިފާނުގެ ހާދިސާއާއެވެ. ނަމަވެސް، މި ވަގަށްގެންދިޔަ އަދި އަނބުރާ ލިބިފައިވާ ލެޕްޓޮޕްތަކާއި އެ ކަންކަމާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަން ވަނީ ހާމަވެފައެވެ.
ފުލުހުން މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްގެންދާ ކަމަށް ބުނެފައިވާއިރު، އެޗްޑީސީން މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

