އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދުގެ ރިސޯޓެއް ކަމަށްވާ އޮޅުވެލި ރިސޯޓް 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭ އިން މި ރިސޯޓް ޖޫރިމަނާ ކޮށްފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާ ގަވައިދުގައިވާ މަރުހަލާތައް ފުރިހަމަ ނުކޮށް އެ ރިސޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

އީޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން އަދި އެ އެޖެންސީ އިން ބެލިބެލުމުން މައްސަލަ ސާބިތުވެއެވެ.
މި ރިސޯޓުން ވަނީ ޖޫރިމަނާގެ ފައިސާ ދައްކާފައެވެ.
ޖޫރިމަނާތަކަށް ފައިސާ ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. ޖޫރިމަނާގެ އެތައް ފައިސާއެއް އަދިވެސް ދައުލަތަށް ނުލިބި އެބަހުއްޓެވެ.

