މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޑްރަގު ކޯޓަށް ލަފާދިނުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޓެކްނިކަލް ކޮމިޓީ އެކުލަވާލައިފިއެވެ.
އެންޑީއޭއިން ވިދާޅުވީ އެ އޭޖެންސީން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ކުރިއަށް އޮތް މުއްދަތުގައި ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.
އެންޑީއޭއިން ވިދާޅުވީ، މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މި އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއާ ކަމަށެވެ.
އަލަށް އެކުލަވާލި ޓެކްނިކަލް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
- 1. ޢަބްދުالله ފަސީޙް / ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ( ޗެއަރޕާސަން )
- 2. ޝަމާ ނަސީރް / ކައުންސިލަރ ( ވައިސް ޗެއަރޕާސަން )
- 3. މަރިޔަމް އަސްރާ / ޑިރެކްޓަރ
- 4. ޢާއިޝަތ ޝިއުނާ / އެސިސްޓެންޓް ޑިރެކްޓަރ
- 5. އަލީ ރިޔާޒު / އެސިސްޓެންޓް ޑިރެކްޓަރ
- 6. ފާތިމަތ ސާނިހާ ސޯލިޙް / އެސިސްޓެންޓް ޑިރެކްޓަރ
- 7. އަޙްމަދު ހިލްމީ / ލީގަލް އޮފިސަރ
- 8. ހައްވާ އަޤުލާ އަޙްމަދު / ސީނިއާރ ޕްރޮގްރާމް ކޯޑިނޭޓަރ
- 9. މަރިޔަމް އާދަމް / ޕްރޮގްރާމް އޮފިސަރ
- 10. އަޙްމަދު ފިރާޤް / އެސިސްޓެންޓް ކައުންސިލަރ
- 11. އާމިނަތު ރިޔާޒާ / އެސިސްޓެންޓް ކައުންސިލަރ
ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި އެންޑީއޭއިން ޑްރަގު ކޯޓަށް ލަފާދިނުން ހިމެނެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމުތައް ކަނޑައެޅުމުގަ ޑްރަގް ކޯޓަށް ބޭނުންވާ ލަވާ އެންޑީއޭއިން ދޭން ޖެހެއެވެ.
އަދި ޑްރަގް ކޯޓަށް ލަފާދިނުމަށްޓަކައި ފަންނީ ޓީމެއް ނުވަތަ ޓީމުތަކެއްގެ ޚިދުމަތް މެދުނުކެނޑި ޑްރަގް ކޯޓަށް ލިބެނޭ އިންތިޒާމު އެމްޑީއޭއިން ހަމަޖައްސަންޖެހެއެވެ. މީގެ އިތުރުން އަހަރަކު އެއް ފަހަރު ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލް، މައްސަލަތައް ނިމުނު ގޮތްތަކާއި މައްސަލަތަކުގެ ބާވަތްތަކާއި ފަރުވާއަށް ފޮނުވުނު މީހުންގެ ތަފްސީލް އަދި ފަރުވާ ފުރިހަމަކުރި މީހުންގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އެކުލަވާލުމަށް ފަހު ނެޝެނަލް ޑްރަގް ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ހަމައެހެންމެ މައްސަލަ ނިމުމަށް ހޭދަވި ވަގުތާއި އިދާރީ ގޮތުން ހުރި ދަތިތައްވެސް ޝެނަލް ޑްރަގް ކައުންސިލަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

