ރާއްޖެތެރޭ ރަށްތަކުގެ ސިއްޙީ މަރުކަޒުތަކަށާއި ހއ އަތޮޅު ހޮސްޕިޓަލަށް 50 ދިވެހި ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.
ހއ އަތޮޅު ހޮސްޕިޓަލަށް 12 ނަރުހުން ބޭނުންވެއެވެ. މީގެ އިތުރުން 12 ރަށެއްގެ ސިއްޙީ މަރުކަޒަށް ނަރުހުން ބޭނުންވެއެވެ. އެގޮތުން
- ބާރަށް: 6 ނަރުހުން
- މުރައިދޫ: 2 ނަރުހުން
- ތަކަންދޫ: 6 ނަރުހުން
- ހޯރަފުށީ: 4 ނަރުހުން
- ތުރާކުނު: 1 ނަރުސް
- އުލިގަން: 2 ނަރުހުން
- މޮޅަދޫ: 2 ނަރުހުން
- ކެލާ: 8 ނަރުހުން
- ވަށަފަރު: 3 ނަރުހުން
- ފިއްލަދޫ: 2 ނަރުހުން
- މާރަންދޫ: 1 ނަރުސް
- އުތީމު: 1 ނަރުސް
ހއ އަތޮޅު ހޮސްޕިޓަލުން މައުލޫމަތު ދޭ ގޮތުގައި ރަޖިސްޓަރޑް ނަރުހުންގެ ގޮތުގައި ނަގާ މި މަގާމުތަކަކީ ދާއިމީ މަގާމުތަކެކެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމާއި ބޭނުންވާ އެހެނިހެން ލިޔެ ކިއުންތައް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އަންގާފައިވެއެވެ.

