ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 03:36 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 04:01 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
އަލިފާން ރޯވެގެން ދިޔަ ތަން ފެނުނީ ބާރުގަދަ އަޑަކާ އެކު ކަން އިތުބާރު ހުރި ފަރާތަކުން ކަށަވަރު ކޮށްދީފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ.

