ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 1.6 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް މާލީ ވުޒަރާއިން ހުޅުވާލައިފިއެވެ.
މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 276.6 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، 98 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 200 މިލިޔަން ރުފިޔާގެ ޓީ ބިލެއް ވިއްކަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 289 މިލިއަން ރުފިޔާގެ ޓީ ބިލަކާއި 364 ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް 843 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް އެ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ.
އަދި މިބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.
އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

