ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް މިދިޔަ އާދިއްތަ ދުވަހު ކަސްޓަމްސްއިން ނައްތާލައިފިއެވެ.
މިތަކެއްޗަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި ހިފެހެއްޓި ތަކެއްޗެވެ.
މި ތަކެތި ނައްތާލީ މިދިޔަ އާދިއްތަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަޙައްދުގައެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ރާއްޖެއިން ބޭރުކުރުމުގެ އިތުރުން ހިފުމާއި ބޭނުމާއި ނެގުމާއި މެރުން ވެސް މަނާ ތަކެއްޗެވެ.

