މަސްވެރިން ކިރުވާ މަހަށް 48 ގަޑި އިރުގެ ކުރިން ފައިސާ ޖަމާކޮށްދޭ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މިއަދު ބުނެފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިފްކޯއިން ވިދާޅުވީ 48 ގަޑިއިރުގެ ކުރިން މިހާރު އޮޑިވެރިންނަށް ފައިސާ ޖަމާ ކޮށްދެމުންދާކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި ވެސް މިހާރު ފައިސާ ޖަމާކޮށްދެމުންދާ ކަމަށް މިފްކޯއިން ވިިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 230 މިލިއަނެއްހާ ރުފިޔާ ނުދީ އޮތެވެ.
ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުދީ ހުރި ހުރިހާ ފައިސާއެއް ހަލާސްކުރުމަށްފަހު މިހާތަނަށް ދޭންޖެހޭ ހުރިހާ ފައިސާއެއްވެސް މިހާރު ވަނީ މަސްވެރިންނަށް ދީފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސްއާއި، ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން އަންނަނީ 48 ގަޑިއިރު ތެރޭގައި އޮޑިވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.

