ބިންވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލު ރަޝީދުގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފަޒީލް ރަޝީދުގެ ފޯނު ހިިފަހައްޓާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލއާ ގުޅިގެން ކަމަށެވެ. ފަޒީލުގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ފޯނު ހިފެހެއްޓީ މިއަދުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލާގައި ފަޒީލު ރަޝީދު އަދާކުރަމުންދާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑު ކޮށްފައިވާއިރު، ފަޒީލުގެ ކޮއްކޮ ފަޒުލް ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ، އަދި ސަސްޕެންޑު ކުރި ފަހުން ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

