އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުން ވަރަށް ތަފާތު އަދި ހާއްސަ ހަދިޔާއެއް ރައްޔިތުންނަށް ދޭން ނިންމައިފިއެވެ.
އެއީ އެރަށުގައި ރަޖިސްޓްރީގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ލުނބޯގަހެއް ހަދިޔާ ކުރުމެވެ.
މި ހަދިޔާއަކީ ފެންޓަސީ ކުންފުނިން އެރަށު ކައުންސިލަށް ހަދިޔާކޮށްފައިވާ 100 ލުނބޯގަހެވެ. މާދަމާ (11 ޖަނަވަރީ 2024) އިން ފެށިގެން 12 ޖަނަވަރީ 2024 ވާ ހުކުރު ދުވަހާ ހަމައަށް، ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ލުނބޯގަސް ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ހާމަކުރެއްވިއެވެ.
ކައުންސިލުން ވަނީ ލުނބޯގަސް ބޭނުންވާ ގޭބީސީތަކުން މި ގަޑިތަކުގައި ކައުންސިލަށް ވަޑައިގެން ލުނބޯގަހާ ހަވާލުވުމަށް އެދިފައެވެ.
މިއީ ރަށުގެ ގޭގޭގައި މޭވާ އިންދުމަށް ހިތްވަރު ދިނުމާއި، ރަށުގެ ފެހިކަން އިތުރުކުރުން ހިމެނޭ ކަމަށް ބެލެވެއެވެ. އެހެނީ ފެރިދޫގައި ދާދިފަހުން، ޑިސެމްބަރު 23 ވަނަ ދުވަހު، ފެހި އަރިއުތުރު 2024 – ގަސް އިންދުމުގެ އިވެންޓެއްވެސް އިހަށް ދުވަހު ގެންގޮސްފައިވާތީއެވެ. އެ އިވެންޓް ކުރިއަށް ގެންދިޔައީ މި ކައުންސިލާއި، އއ.އުކުޅަހު ކައުންސިލާއި، އޯޝަން ޕްލާސްޓިކް ރިޑަކްޝަން އެކްޓިވިޓީއިން ގުޅިގެންނެވެ.

