ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މުރަނގަފަތަކީ މަގުބޫލު، އަދި އޭގެ ސިއްހީ ގިނަ ފައިދާތައް އެކުލެވޭ ކަމުގެ ޔަގީންކަން ދެވިފައިވާ ފަތެކެވެ. ގިނަ ބަލިތަކަށް ޝިފާއެއްގެ ގޮތުގައި ބޭނުން ކުރެވެމުން އަންނަ މުރަނގަފަތަކީ ދިވެހިރާއްޖޭގައި އެކި ހިސާބުތަކުގައި ވަރަށް އާންމުކޮށް ހެދޭ ގަހަަކުން ލިބޭ ފަތެކެވެ. އެއްވެސް ގޮތެއް ނުހަދައި ހުންނަ ރޯ މުރަނގަފަތް ކެއުމުގައި ބޭނުން ކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އިރު ތެލުލިމުރަނގަފަތަކީ އަދު އޭގެއިން ނަފާވެސް ހޯދަމުން އަންނަ ބާވަތެކެވެ، ހަމަމިއާއެކު މުރަނގަފަތް ބޭނުންކޮށްގެން ރަހަމީރު ކެއުންތައް ތައްޔާރުވެސް ކުރެވޭމެއެވެ.
މުރަނގަފަތުގެ ސިއްހީ ފައިދާތައް ގިނަ؛ ޑޮކްޓަރުންނާއި ސިއްހީމާހިރުން އަދި ދިރާސާތަކުންވެސް ޔަގީންކަން ދީފައިވާ ފައިދާތަކެއް
މުރަނގަފަތުގައި ވިޓަމިން އޭ، ބީ، ސީ އަދި އީ ގެ އިތުރުން ކެލްސިއަމް، އަޔަން، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ މުހިންމު މިނަރަލްތައް އެކުލެވިގެންވެއެވެ. މި ނިއުޓްރިއަންޓްތަކުގެ ސަބަބުން މުރަނގަފަތަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. އަދި އޮކްސިޑެންޓްތަކާ ދެކޮޅަށް މަސައްކަތްކޮށް، ހަށިގަނޑުގެ ސެލްތައް ހަލާކުވުން ލަސްކޮށްދެއެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
މުރަނގަފަތުގެ އެންމެ މުހިންމު އެއް ފައިދާއަކީ ލޭގެ ޕްރެޝަރ ދަށްކޮށްދިނުމާއި ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި، ހަޖަމު ކުރުން ރަނގަޅުކޮށް، ބަނޑުހަރުވުން، ވައިގެ އުނދަގުލުން ރައްކާތެރި ކޮށްދިނުމެވެ. މުރަނގަފަތުގައި އެކުލެވޭ ފައިބަރގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މި ފަތުގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން، މި ފެހި ފަތުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން އާތުރައިޓިސްގެ ވޭން ލުއިކޮށްދެއެވެ.
މުރަނގަފަތުގެ އިތުރު ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުން ހިމެނެއެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
މުރަނގަފަތުގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ބަލިތަކާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިވެއެވެ. މީގެ އިތުރުން، މުރަނގަފަތުގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުން ލަސްކޮށްދީ، ދުވަސްވުމުގެ އަލާމާތްތައް ފެންނަން ފެށުން ލަސްކޮށްދެއެވެ.
މުރަނގަފަތުގެ އަނެއް މުހިންމު ފައިދާއަކީ ހަކުރު ބަލި (ޑައިބެޓީސް) ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމެވެ. މުރަނގަފަތުގައި އެކުލެވޭ ބައެއް މާއްދާތަކުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. ނަމަވެސް، ހަކުރު ބައްޔަށް ބޭސް ބޭނުންކުރާ ފަރާތްތަކުން މުރަނގަފަތް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. މުރަނގަފަތުގައި ހުންނަ އަޔަންގެ މާއްދާއަކީ އެނީމިއާގެ ބަލިން ރައްކާތެރި ކޮށްދޭ އަދި ހަށިގަނޑުގައި ރެޑްބްލަޑްސެލްސްތައް އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
އަދިވެސް މިފަތުގެ ފައިދާތައް ގިނައެވެ. އަނެއް ފައިދާއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ލޮލުގެ ސިއްހަތަށް ކުރާ ރަނގަޅު އަސަރެވެ. މުރަނގަފަތުގައި އެކުލެވޭ ވިޓަމިން އޭގެ ސަބަބުން ލޮލުގެ ފެނުމުގެ ބާރު ރަނގަޅުވެ، ލޮލުގެ ބަލިތަކުން ރައްކާތެރިވެވެއެވެ. އަދި އުމުރުން ދުވަސްވުމާއެކު އަންނަ ލޮލުގެ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ. އަދި މޮ ފަތުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެއެވެ. މިގޮތުން، ހަށިގަނޑުގެ އެކި ހިސާބުތަކުގައި ދިމާވާ ރިިމާވާ ރިއްސުންތަކާއި، ދުޅަވުންތައް ކުޑަކޮށްދެއެވެ. މިއީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑު ފައިދާއެކެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
މުރަނގަފަތުގެ އަނެއް މުހިންމު ފައިދާއަކީ ހަށިގަނޑުގެ އިމިއުނިޓީ ނުވަތަ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމެވެ. މީގައިި އެކުލެވޭ ވިޓަމިންތަކާއި މިނަރަލްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، އާންމު ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
މުރަނގަފަތް ބޭނުން ކުރެވޭނެ ގޮތްތައްވެސް އެހާމެ ގިނަ
މިސާލަކަށް، މުރަނގަފަތުން މީރުކޮށް ރިހަ ކައްކައިގެން ނުވަތަ ތެލުލައިގެން ވެސް ކެވިދާނެއެވެ. ރޯފަތް، އެއްވެސް ގޮތެއް ނުހަދައި ސާފު ފެނުން ދޮވެލުމަށްފަހު، ކެއުމުގެ ތެރޭގައި ބޭނުން ކުރެވިދާނެއެވެ.
މުރަނގަފަތް ހިއްކައިގެން މުރަނަކޮށް، މިކްސްޗަރުން ހިމުންކޮށް، ފުރާނާލައިގެން "ޕައުޑަރ"ގ ހަދައިގެން ބޭނުން ކުރެވިދާނެއެވެ. މުރަނގަފަތުގެ ޖޫހަކީވެސް މިހާރުގެ ޒުވާނުންގެ މެދުގައި އަދި ސިއްހަތާމެދު ސަމާލުވާ ދިވެހިންގެ ތެރޭގައި މަގުބޫލުވަމުން އަންނަ ފެހިކަންގަދަ ބުއިމެކެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
މުރަނގަފަތުގެ ބޭނުން ހަމައެކަނި ކާން ބޭނުންކުރުމަކަށް ނޫނެވެ. މުރަނގަފަތުގެ ތެޔޮ ހަދައިގެން ހަމުގެ ބަލިތަކަށް ބޭނުން ކުރުމަކީ، ބޭސްވެރިކަން ދަންނަ ފަތްޕިލާވެލީގެ ބާވަތްތަކުގެ މާހިރުންގެ ޔަގީންކަމާއި އިތުބާރު ދެވިފައިވާ ކަމެކެވެ.. މިސާލަކަށް، އެކްޒިމާ ފަދަ ހަމުގެ ބަލިތަކަށް މުރަނގަފަތުގެ ތެޔޮ ބޭނުން ކުރުމުން ފައިދާ ކުރާކަން ދިރާސާތަކުން ދައްކައެވެ. މުރަނގަފަތުގެ ތެޔޮ ހަދައިގެން ހަމުގެ ބަލިތަކަށް ބޭނުން ކުރާއިރު، ބޮލުގެ އިސްތަށިގަނޑަށް ފަރުވާއެކެވެ. ބޮލުން އިސްތަށިފޭބުމާއި ތަލަވުމުން ދުރުކޮށް އިސްތަށިތަކުގެ ބުޑުތައް ވަރުގަދަކޮށް ދުޅަހެޔޮކޮށްދެއެވެ. ބޮލުގެ ތަލައިގެ ރިހުމާއި، ބޮލުގެ ތަލައިގައި ދުޅަވެފައި ހުންނަ ތަންތަނަށްވެސް، މިތެލަކީ މުޖައްރިބު ޝިފާއެކެވެ.
ދިވެހިރާއްޖޭގައި މުރަނގަފަތް ބޭނުންކުރުމުގެ އާދަ ކުރީއްސުރެ އޮވެއެވެ. ހާއްސަކޮށް ވިހެއުމާ ގުޅިގެން މުރަނގަފަތް ބޭނުންކުރުމަކީ އާދައެކެވެ. އެއީ މުރަނގަފަތުގައި އެކުލެވޭ ކެލްސިއަމްގެ ސަބަބުން މައިމީހާގެ ކަށިތައް ވަރުގަދަވެ، ގާތުެ، ގާތުން ކިރުދިނުމަށް އެހީތެރިވާތީއެވެ.

މުރަނގަފަތް- ޑޮކްޓަރުންނާއި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ފައިދާތަކެއް /ފޮޓޯ:ހެލްތީލައިފް
ހަމައެހެންމެ ވިހެއުމުގެ ސަބަބުން އެތެެރެހަށްޓަށް އައި ބޮޑު ބަދަލާއި، އުފެދުނު ފާރުތައް ރަނގަޅުކުރުމަށްޓަކައި ވެސް މިއީ އިތުބާރު ހޯދާފައިވާ ފަތެކެވެ. ބަނޑުހަރުވުމާއި ބޮޑުކަމު ދިއުމަށް އުނދަގޫވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ދުރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެވިފައިވާ ފަތެކެވެ.
މުރަނގަފަތަކީ ދިވެހިރާއްޖޭގައި ފަސޭހައިން ލިބެންހުރި، އަދި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ލިބޭ ފަތެކެވެ. އެގޮތުން ކޮންމެ ދުވަހަކު ކޮންމެވެސް ވަރަކަށް ކެއުމުގެތެރޭގައި މުރަނގަފަތް ބޭނުން ކުރުން އާދަ ކުރުމަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ނަމަވެސް، ކޮންމެ އެއްޗެއްގައިވެސް ފަދައިން މުރަނގަފަތް ބޭނުން ކުރުމުގައިވެސް މިންގަނޑެއް ހުންނަންވާނެއެވެ. އަދި އެއްވެސް ބޭހެއް ބޭނުންކުރާނަމަ، މުރަނގަފަތް ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މުރަނގަފަތުގެ ފައިދާތައް ލިބިގަތުމާއެކު، ސިއްހަތަށް ފައިދާހުރި އެހެނިހެން ކާނާ ބޭނުންކޮށް، މިންހެޔޮ ކެއުމަކުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

