ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަށް ދަސްވެނިވުމަށް ކޮންމެ އަހަރަކު ވެސް ޚާއްސަ ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.
މި ހަފްލާ ބާއްވަން ނިންމާފައިވަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު 27 ވިލޭރޭގައެވެ. މީގެ އިތުރުން ހަފްލާއަށް ހާއްސަކޮށް ގުރުއާން ހިތުދަސްކުރާ ދަސްވެނިންނަށް ކަމިޔާބީގެ ރަމްޒެއްގެ ގޮތުގައި ގައުނެއް ވެސް ތައްޔާރުކުރެވޭނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުގައި އިތުރަށް ހާމަކުރައްވާފައިވަނީ ދަސްވެނިންނަށް ބާއްވާ ފުރަތަމަ ހަފްލާ އަންނަ އަހަރު ރަމަޟާން މަހުގެ 27 ވިލޭރޭގައި އޮންނާނެ ކަމެވެ.
މި ހަފްލާއަކީ ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަކޮށް، މި މަތިވެރި މަސައްކަަތިވެރި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދޭ ހަފްލާއަކަށް ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ޙަފްލާގައި ޤުރުއާން ހިތުދަސްކޮށް ނިންމި ފަރާތްތަކަށް ހަނދާނީ ލިޔުމާއި އެހެނިހެން އިނާމުތައް ދެވޭނެ ކަމަށް ބެލެވެއެވެ. މިއަހަރުން ފެށިގެން ކުރިންވެސް އޮތް ގޮތަށް ދަރަޖަ ތަފާތު ކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް “ރައީސުލްޖުމްހޫރިއްޔާގެ މެޑަލް” ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

