ހުޅުމާލޭގައި މިރޭ 6 މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވެއެވެ.
މިއީ އާ އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކަމަށް އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ހާމަކުރެއްވިއެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފިޔަވަހި 3 ގެ ސަރަހައްދުގައި މިރޭ 20:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ފަރިތަކުރުންތަކުގައި، 2 މިނެޓްގެ ތިން ޝޯވްއެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ހަވާއެރުވުމަކީ މާލޭގެ އިތުރުން މިހާރު ރާއްޖެތެރޭ ރަށްްތަކުގައި ވެސް އެކިއެކި މުނާސަބަތުގައި ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

