ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ އެކްސް އެކައުންޓް ރޭ ހެކްކޮށްފިއެވެ.
އަދި ހެކްކުރުމަށްފަހު އެކައުންޓްގެ ނަން ވެސް، އެލްސީއެމްބާޑް ކިޔާ ނަމަކަށް ކިޔާ ބިޓްކޮއިންގެ ވިޔަފާރި ކުރާ ބައެއްގެ ނަމަކަށް ވަނީ ބަދަލުކޮށްފައެވެ. އެހެންނަމަވެސް އެކައުންޓްގެ ޔޫޒަރ ނަމަކަށް ބަދަލެއް ނާދެއެވެ.
މި އެކައުންޓްގެ އެކްސެސް ގެއްލިފައިވަނީ އިއްޔެ އެ އެކައުންޓުން ކުރި ޕޯސްޓެއްގެ ފަހުންނެވެ.
ހޯމް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި އެކައުންޓް ރިކަވަރ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

