މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާލެ، މާފަންނު ހިމެނޭ ސަރަޙައްދުގައި ކުރުމަށް ހަމަޖެހިފައިވާތީ މާދަމާ ހެނދުނު 06:00 އާއި 06:30 ދެމެދު އަދި 09:00 އާއި 09:30 ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދެއެވެ.
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރެެއެވެ. އަދި މި މަސައްކަތް ކުރާއިރު ކަރަންޓް ކެނޑިދާނެ ކަަމަށް ބަލައި، ދުރާލާ ސްޓެލްކޯއިން އެކަން އަންގައެވެ.

