މާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާ ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލެ އާޓިފިޝަލް ބީޗް މޫދުގައެވެ. އަދި މިރޭ 21:00 ގައި ހަވާ އެރުވުމަށް ހަމަ ޖެހިފައިވާ އިރު މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށް ވެސް މައުލޫމާތު ދެއެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފްކޯ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހަވާ އަރުވާފައި ވެއެވެ. އެއީ އާ އަހަރަށް ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެކެވެ.

