މަސްތުގެ ހާލުގައި މިސްކިތެއްގެ ފާހާނަ ތެރޭގައި ވެއްޓިފައި އޮތް މީހަކު ހައްޔަރުކޮށްފި އެވެ،
މިސްކިތެއްގެ ފާހާނަ ތެރޭގައި މަސްތުގެ ހާލުގައި ވެއްޓިފައި އޮއްވާ ފުލުހުން ވަނީ ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ 35 އަހަރުގެ މީހެކެވެ.
ފުލުހުން މި މީހާއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ފާހާނައިގެ އޮޅިގަނޑުގައި އަޅައިގަނެފައި ވެއްޓި ބޯޖެހިގެން ހޭނެތުނީ ކަމަށެވެ.
ނަމަވެސް، އޭނާ ވަނީ ކޯޓުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިޢުތިރާފުވެފައެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތިން ނެގުނު ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

