މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ވަނީ ފުރާފައެވެ.
އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައެވެ. މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެއެވެ. ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަލިފާނުގެ ހާދިސާގައި އެ އިމާރާތްތަކުގައި ހުރި ބައެއް ލިޔެކިއުންތައް ވަނީ އަނދާފައެވެ.

