ތ.ތިމަރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން "ހުވަދޫ" މީޑީއާ އަށް މައުލޫމާތު ދިނެވެ.
އަދި މި ހަމަނުޖެހުމުގެ ތެރެއިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލަ މިއަދު 13:27 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި އެއްވެސް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން "ހުވަދޫ" މީޑިއާ އަށް މައުލޫމާތު ދިނެވެ.

