ހދ.ހަނިމާދޫ އިންޓަނޭޝަލް އެއަރޕޯޓް އަންނަ ޖުލައި މަހު ހުޅުވަން ނިންމައިފިއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓްގެ ފަސިންޖަރ ޓާމިނަލްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވޭނެކަމަށް ރީޖަނަލް އެއަޕޯޓްސް ކުންފުނިން ވަނީ ބުނެފައެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން މީޑިއާއަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެއަޕޯޓް މަޝްރޫއުގެ %77 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިވަގުތު ކުރިއަށްދަނީ ފަސިންޖަރ ޓާމިނަލްގެ މަސައްކަތްކަކަމަށްވެސް މުބީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެއަރޕޯޓުގެ ކާގޯ ޓާމިނަލުގެ މަސައްކަތުގެ %90 މަސައްކަތް ނިންމާފައިވާކަމަށާއި، އެއަރޕޯޓް ޓަވަރުގެ %88 މަސައްކަތް ނިންމިފައިވާކަމަށް މުބީން ވިދާޅުވިއެވެ. ބައެއް ސަބަބުތަކާ ހުރެ މަސައްކަތްތަކަށް ލަސްތަކެއް އައިނަމަވެސް، މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި، ހުޅުވޭވަރު ވާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީކުރި 2465 މީޓަރުގެ ދިގު ރަންވޭ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްގެންނެވެ. ރަންވޭއާއި ޓަރމިނަލްގެ އިތުރުން، ޔުޓިލިޓީ ބިލްޑިންގ، ފިއުލް ފާރމް އަދި އެއަރޕޯޓް ޖެޓީގެ މަސައްކަތްވެސް ކުރިއަށްދެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެދަށުން ސީޕްލޭން ޓަރމިނަލެއް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

