ރާއްޖޭގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރި ވަމުން ދިޔަ ބޭރުގެ މަސް ބޯޓެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިފަހައްޓައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، އެމްއެންޑީއެފް އެއަރ ކޯރ ޑްރޯންގެ އެހީގައި މި އުޅަނދު ލޮކޭޓް ކުރެވުނެވެ. އެއަށްފަހު، އުޅަނދު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި މި އުޅަނދަކީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ އުޅަނދެއް ކަމަށާއލ-ި އަދި އުޅަނދުގައި ތިން މީހުން ތިބިކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި، އުޅަނދު މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

