މިއަހަރު ޑިސެމްބަރު މަހު ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިފަހަރުގެ އުމްރާއަށް އެކި ކުންފުނިތަކުގެ ހަވާލުގައި މުޅި ޖުމްލަ 6373 އަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާ ކަަމަށް ޑރ.ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވިއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އުމްރާވެރިން ފުރި މަހެވެ. އެގޮތުން، ޑިސެމްބަރު 20 ވީ ދުވަހު 11 ފްލައިޓެއް އުމްރާވެރިންނާއެކު ސައުދީއަށް ދަތުރުކޮށްފައިވެއެވެ.

