ތ.ތިމަރަފުށީގެ ގެއެއްގައި ހިންގި މާރާމާރީގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ 13:27 އެހައިކަންހާއިރުއެވެ.
އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ.މަރަފުށީ، ޖަހާމުގުރިގޭ އަހުމަދު އަމީން (36)، ތ.ތިމަރަފުށީ/ސަލްވާ، އަހުމަދު ޝަހުދީ (38)، މާލޭ/ވ.ވަވައި މުހައްމަދު ރައުފް (54)، ތިމަރަފުށީ/ގުލްބަކާވިލާ އަބްދުﷲ އަޝްރަފު (39)، އަދި ތިމަރަފުށީ/ހިރި އާސް އިބްރާހިމް (32) އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.

