މ.މުލީ އެއާޕޯޓް ފެށޭ އަހަރު މާރޗް މަހު ހުޅުވަން ނިންމައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު ވިދާޅުވީ، މ.މުލީ އެއާޕޯޓުގެ މަސައްކަތް ނިމިފައި ވާ ކަމަށާއި އަންނަ މާރޗް މަހު އެއާރޕޯޓް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
212 މިލިއަން ރުފިޔާ އަށް މި އެއަރޕޯޓު އަޅަން ހަވާލުކުރެވުނީ އެމްޓީސީސީ އާއެވެ. މިއީ އެއް އަހަރު ދުުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2021 ވަނަ އަހަރު ކުރީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެވެ.
އެހެންނަމަވެސް، ބަޖެޓުުގެ ދަތިކަމާ ހެދި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
މުބީން ވިދާޅުވީ އެއާރޕޯޓުގެ މަސައްކަތް މިހާރު ނިމުމަކާ ހަމަޔަށް އައިސްފައިވާކަމެވެ. އަދި މާރޗް މަހު 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

