މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ)ގެ ޗެއަރޕާސަންގެ މަގާމަށް ގދ.ތިނަދޫ ސޯމާ، އަހްމަދު ޝަރީފް ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރޭޓައިޒޭޝަން ބޯޑުން މިއަދު ވިދާޅުވީ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި ގދ.ތިނަދޫ، ސޯމާ، އަލްފާޟިލް އަޙްމަދު ޝަރީފް މިއަދު އެ މަޤާމުން ވަކިކޮށް، އެމްފޯރމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް ޢައްޔަނުކޮށްފައިވާ ކަމަށެވެ.
މި ބަދަލު ގެނެވިފައިވާ ވަކި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެމްފޯމްޕީސީ އަކީ މަސްވެރިކަމުގެ ސިނާޢާތް އިތުރަށް ފުޅާ ކުރުމަށްޓަކައި ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި އުފެއްދެވި ކުންފުންޏެކެވެ.

