ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރުގެ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ލިޔުމެއް ފޮނުއްވައިފިއެވެ. 98 އަހަރުގެ އުމުރުފުޅުގައި އިއްޔެ އަވަހާރަވި ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަކީ އެމެރިކާގެ 39 ވަނަ ރައީސެވެ.
ރައީސް މުއިއްޒު ފޮނުއްވި ތައުޒިޔާގެ ލިޔުމުގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ކާޓަރު ނިޔާވި ޚަބަރު އެއްސެވީ ވަރަށް ބޮޑު ހިތާމައާއެކު ކަމަށެވެ. އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަކޮށް ރައީސް ކާޓަރުގެ އާއިލާއަށް އަރިސްކުރައްވާ ފުން ތައުޒިޔާ ފާޅުކުރައްވާ ކަމަށެވެ.
ރައީސް ކާޓަރު އަވަހާރަވުމަކީ އެމެރިކާއަށް ލިބުނު ޤައުމީ ގެއްލުމެއްކަމަށް ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ. އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، އިންސާނިއްޔަތަށް ޚިދުމަތްކުރެއްވުމުގައި ރައީސް ކާޓަރު ދެއްކެވި ނަމޫނާ، ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފާހަގަކުރަމުންދާކަން ފާހަގަކުރެވެއެވެ.

