އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު މެޓް އޮފީހުން މޫސުން ލަފާކޮށްފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.
އަދި މި ވަގުތުތަކުގައި ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދުވަސްކޮޅަކީ ސްކޫލް ބަންދާއި އާ އަހަރުގެ ޗުއްޓީއާއި ގުޅިގެން ގިނަ ބަޔަކު ދަތުރުކުރަމުންދާ ދުވަސްކޮޅެކެވެ. އެހެންކަމުން، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

