އާ އަހަރާ ގުޅިގެން ޖެނުއަރީ 2 ވަނަ ދުވަސް ސަރުކާރު ބަންދުކަމުގައި ވިޔަސް، މާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓްގެ ޚިދުމަތް ދެމުންދާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އަންނަ ބުރާސްފަތި ދުވަހު (2 ޖެނުއަރީ 2024) މާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުން 65 އަހަރުން މަތީގެ ފަރާތްތަކާއި އެމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުން ކުރިއަށް ދާނީ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށެވެ.
މީގެ އިތުރުން، ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ހެނދުނު 8:30 އިން 14:00 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެން ނަންބަރު ނެގޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. އަދި އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް އާ އަހަރާ ގުޅިގެން ޖެނުއަރީ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. އެގޮޮތަށް އެކަން ހަމަޖެއްސީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ، ކަލަންޑަރުގައިވާ ގޮތުން އެދުވަސް ބުދަ ދުވަހަށް ވެފައި، ހަފުތާ ބަންދާ އައު އަހަރުފެށޭ ދުވަހާ ދެމެދުން ސަރުކާރު ހުޅުވުމުން ރައްޔިތުންނަށް، އެކަމުން އުނދަގޫނުވެ ފަސޭހަކޮށްދިނުމަށްޓަކަައެވެ.

