އައު އަހަރާ ދިމާކޮށް މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް ބާރުބޮޑު ވެއްޖެއެވެ. އެގޮތުން ގިނަ އަދަދެއްގެ އަމިއްލަ ޖެޓުތައް މި އެއަރޕޯޓަށް ޖައްސަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގައި ފާހަނގަކޮށްލެވޭ ފެންވަރުގެ އެއަރޕޯޓަކަށް ވާއިރު، މި އެއަރޕޯޓަކީ ވެލާނާ އެއަރޕޯޓަށްފަހު އަމިއްލަ ފަރާތްތަކުގެ ޖެޓްތައް އެންމެ ގިނައިން ޖައްސާ އެއަރޕޯޓެވެ.
2022 ވަނަ އަހަރު މާފަރު އެއަރޕޯޓަށް ޖުމްލަ 228 އަމިއްލަ ޖެޓު ޖައްސައިފައިވާއިރު މިދިޔަ އަހަރު 353 ޖެޓު ޖައްސާފައިވެއެވެ.
ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ އިރު 2082 ފަތުރުވެރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަމަށް އައިލެންޑު އޭވިއޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އެއަރޕޯޓަކީ ރާއްޖޭގައި ހިމެނޭ އެންމެ މަތީފަންތީގެ ގިނަ ރިސޯޓުތަކެއް އެކުލެވޭ ސަރަޙައްދެއްގައިޤާއިމުކުރެވިފައިވާ އެއަރޕޯޓެކެވެ.

