އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނަށްފަހު ދޫކޮށްލުމާއެކު ޕާލަމެންޓުގައި މިއަދު ބޭއްވި މަޖިލީހުގައި ބައިވެރިވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނެތަންޔާހޫ މި މަޖިލީހުގައި ބައިވެރިވާން ދިޔައީ ޑޮކްޓަރުންގެ އެދުމާ ދެކޮޅަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުން ދިން ހަމަލާއަށް ގާތްގަނޑަކަށް 15 މަސް ދުވަސް ވެފައިވާއިރު އިޒްރޭލުން ދަނީ އަދިވެސް ހަނގުރާމަ ކުރަމުންނެވެ.
ބަޖެޓް ހުށަހެޅުންތަކާ ގުޅޭ ބިލަކަށް ވޯޓު ހޯދުމަށް އަހަން ބޭއްވި ޖަލްސާގައި ނަތަންޔާހޫ ވަނީ މެމްބަރުންނާ ވާހަކަ ދައްކާފައެވެ.
ހޮނިހިރު ދުވަހު ނަތަންޔާހޫގެ އޮފީހުން މައުލޫމާތު ދިންގޮތުގައި، ނަތަންޔާހޫއަށް ޔޫރިނަރީ ޓްރެކްޓް އިންފެކްޝަނެއް ޖެހިފައިވާކަން އެނގުނީ ޕްރޮސްޓޭޓް ބޮޑުވެފައި ވުމުގެ ސަބަބުން ކަމަށެވެ.
ގުދުސްގެ ހަދަސާ މެޑިކަލް ސެންޓަރުގައި އޭނާގެ އޮޕަރޭޝަނެއް ކުރިއިރު، އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
މިދިޔަ މާޗް މަހު ނަތަންޔާހޫގެ ހާނިއާ ސާޖަރީއެއް ހަދާފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ޑޮކްޓަރުން ވަނީ ނެތަންޔާހޫގެ ހިތަށްޕޭސްމޭކަރެއް ލައްވާފައެވެ.
ސާޖަރީއަށްފަހު ނެތަންޔާހޫ އަށް ފަރުވާ ދެވުނީ މިސައިލް ހަމަލާތަކުން ރައްކާތެރިކުރެވިފައިވާ ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާާހެއްގައެވެ.

