މީލާދީ އާ އަހަރާ ދިމާކޮށް ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މާލެ ސަރަހައްދުން ހައްޔަރު ކުރެވުނު ތިން މީހުން ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ފަރާތުން މިއަދު ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނީ
- ގ. ރެއިންބޯ އިސްމާއިލް މާހީން މުސްތަފާ (26 އަހަރު)،
- ސ. ހުޅުދޫ / ހެޕީޑްރީމް އިބްރާހިމް އަކްމަލް އަބްދުއްސައްތާރު، (19 އަހަރު)
- ސ. ހުޅުދޫ / ޗާދަނީގޭ އަހުމަދު އާނިޝް (22 އަހަރު)
“މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ވަކި ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން ނިންމީ،” ފުލުހުން ބުންޏެވެ.

