ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު 3،751 ވައްކަމުގެ މައްސަލަ ރިޕޯޓްކުރިއިރު 2023 ގައި ރިޕޯޓުކޮށްފައިވަނީ 3،817 މައްސަލައެވެ. މިއީ 66 މައްސަލައިގެ މަދުވުމެކެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރި އަދަދުވެސް ވަނީ މަދުވެފައެވެ.
ނަމަވެސް، އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓް ކޮށްފައި ވަނީ މާރިޗު މަހުގައެވެ.
2024 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި
- 654 ޚިޔާނާތުގެ މައްސަލައާއި،
- 665 މުދަލަށް ގެއްލުންދިނުމުގެ މައްސަލައާއި،
- 711 މާރާމާރީގެ މައްސަލައާއި،
- 504 ފޭރުމުގެ މައްސަލައާއި، އަދި
- 248 ގެވެށި އަނިޔާގެ މައްސަލަ ހިމެނެއެވެ.
ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކާއި ކުށްތައް މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ފުލުހުންގެ ހަރަކާތްތައް ފާއިތުވި އަހަރުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ. އަދި ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

