ގދ. ތިނަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ފަރުވާތައްދޭ ކުލިނިކެއް ހުޅުވައިފިއެވެ. މި ކުލިނިކަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބެންޖެހޭ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރު ކޮށްދިނުމަށް ޚާއްސަ ކުރެވިފައިވާ ކުލިނިކެކެވެ.
މި ކުލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި
- ކުލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން،
- ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން،
- ބިހޭވިއަރ ތެރަޕީ،
- ކައުންސިލިން،
- ސައިކޯ ތެރަޕީ، އޮކިޔު
- ޕޭޝަނަލް ތެރަޕީ،
- އެޑިޔުކޭޝަނަލް ތެރަޕީ
- ސުޕީޗް ތެރަޕީ ހިމެނެއެވެ. މީގެ އިތުރުން އެންޒައިޓީއާއި ޑިޕްރެޝަންފަދަ ނަފުސާނީ ބަލިތަކުގެ ފަރުވާވެސް މި ކުލިނިކުން ލިބޭނެއެވެ.
ކުލިނިކްގެ ޚިދުމަތް ހަފުތާޔަކު 6 ދުވަހު ލިބޭނެކަމަށް އަދި ޚިދުމަތްދޭ ވަގުތަކީ ހެނދުނު 9:00 އިން ހަވީރު 17:00 އެވެ. އަދި މި ކުލިނިކުން ޑަކްޓަރ ރެކޮމެންޑްކުރާ އަދަދަކަށް ތެރަޕީ ސެޝަންތަށް ހަމަޖައްސައިދެވޭނެ އެވެ.
ކުލިނިކުގެ ފަރުވާތައް ކުރިއަށްގެންދާނީ އެކި ދާއިރާތަކުން ޚާއްސަވެފައިވާ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ޑަކްޓަރުންކަންނެވެ. މި ކުލިނިކަށް އެޕޮއިންޓްމެންޓް ހެއްދުމަށް 7813030 ނަންބަރާ ގުޅުމަށް އަންގާފައިވެއެވެ.

