ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބ އަތޮޅުން ފެށިގެން ތ އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މެޓުން މި އަތޮޅުތަކަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން 19:00 އަށެވެ.
މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް މެޓުން ލަފާކުރެއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރާއިގައި ބައެއް ރަށްތައް ފެންބޮޑުވެ އުދައަރައި، އާންމު ދިރިއުޅުމަށް ވެސް އުނދަގޫތަކެއް ވެފައިވެއެވެ. އެގޮތުން ށ.ނަރުދޫ އަށް އުދައަރައި ފެންބޮޑުވެފައިވާ އިރު ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފައެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

