ހުވަދޫ ތެރަޕީ ކްލިނިކުން ތިނަދޫސިޓީގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 8 ޖެނުއަރީ 2025 ގެ ކުރިން ރަޖިސްޓްރީ ކުރަންވާނެއެވެ.
ހުވަދޫ ތެރަޕީ ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން، ބިހޭވިއަރ ތެރަޕީ، ކައުންސެލިންގ، ސައިކޯ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، އެޑިޔުކޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. މީގެ އިތުރުން އެންޒައިޓީއާއި ޑިޕްރެޝަންފަދަ ނަފުސާނީ ބަލިތަކުގެ ފަރުވާވެސް މި ކްލިނިކުން ލިބޭނެއެވެ.


