ހިންމަފުށީ ކައުންސިލްގެ އަންހެން މެމްބަރަކު ކަރަންޓުގައި ޖެހި، މާލެއަށް ގެނެވިއްޖެ
ކ. ހިންމަފުށީ ކައުންސިލްގެ އަންހެން މެމްބަރެއް ކަމުގައިވާ ވަފިއްޔާ އިބްރާހިމް މިރޭ ކަރަންޓުގައި ޖެހި، އިތުރު ފަރުވާއަށްޓަކައި މާލެއަށް ގެނެވިއްޖެއެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވަފިއްޔާގެ ހާލަތު ސީރިއަސްކަމަށް އާއިލާއިން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅެއްގެ ވަގުތެއްގައި، ކައުންސިލް އިދާރާގައި ފެންބޮޑުވުމާ ގުޅިގެން ކަރަންޓަށް ގުޅާފައިވާ ސޮކެޓަކުން ޓޮޕެއް ނައްޓަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޖެހުމާ ގުޅިގެން، ވަފިއްޔާއަށް ފުރަތަމަ ފަރުވާ ދެވިފައިވަނީ ހިންމަފުށީ ސިއްޙީ މަރުކަޒުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވަފިއްޔާ ހިންމަފުށިން މާލެއަށް ގެނައި އިރު އޭނާ ޖަވާބެއް ނުދިން ނަމަވެސް، “ރެސްޕޯންޑު” ކުރާ ކަމަށް ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް، އާއިލާއިން ދީފައިވާ މަޢުލޫމާތުގައި ވަފިއްޔާގެ ހާލަތު ސީރިއަސްކަމަށް ބުނެފައިވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އަންގައިދެވޭނެއެވެ.

