ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އަދިވެސް މުޅިން މޫސުން އަލި ނުވާކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރެވެއެވެ. އިއްޔެ ކުރި ވިއްސާރައިގައި މާލެ އާއި އެހެނިހެން ރަށްތަކުގައި ފެންބޮޑުވެ، ގެއްލުންތައް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގވާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ވައިގެ ހާލަތާ ގުޅޭގޮތުން މެޓުން ވިދާޅުވެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެނިހެން ހިސާބުތަކަށް އިރު އުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން އިތުރަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
ކަނޑުގެ ހާލަތާ ބެހޭގޮތުން މެޓުން ވިދާޅުވެފައިވަނީ، ކަނޑު އާދައިގެ ވަރަކަގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

