އާސަންދައިން ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ރިޕޯޓް ކުރުމަށް އެކުންފުނިން މިއަދު އެދިއްޖެއެވެ.
އެކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެނަމަ ޝަކުވާ (7951400) މި ނަމްބަރަށް ވައިބާރ މެދުވެރިކޮށް ރިޕޯޓު ކުރަަން އެދޭ ކަމަށެވެ.
އަދި ރިޕޯޓު ކުރާއިރު ބޭސްފިހާރައިގެ ނަމާއެކު ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވުމަށް ވެސް އެކުންފުނިން އެދިފައިވެއެވެ.
އާސަންދައިން ބޭހަށް ކުރާ ޚަރަދު މި ފަހުން ކުޑަ ކުރުމާއެކު، އެކި ސަބަބުތަކާ ހެދި އާސަންދަ ސްކީމުން ބައެއް ބޭސްތައް ދޫކުރުން ހުއްޓާލައިފައިވެއެވެ. އެހެންނަމަވެސް އެ ފާމަސީތަކުން އެ ބޭސް ގަންނަން ލިބެން ހުރެއެވެ.
މިދިޔަ ނޮވެމްބަރު މަހު ފިޔަވަހިތަކަކަށް ބަހާލައިގެން ސްކީމްގެ ދަށުން އެންމެ ޚަރަދު ބޮޑު 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވެއެވެ. އަދި 2024 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން 87 ބޭހާއި 2024 ނޮވެމްބަރު 24 ވަނަ ދުވަހުން ފެށިގެން 126 ބޭހުގެ އަގަށްވަނީ ބަދަލު ގެނެސްފައެވެ.

