މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ކަރަންޓް ކަޑަން ނިންމާފައިވާ ކަމަށެވެ. މި މަސައްކަތަަށް މާލެ ސިޓީގެ ބައެއް މަގުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން މި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
- ޖޯޝީ ހިނގުން
- ޗާންދަނީ މަގު
- ޗާންދަނީ މަގު ހަނި ގޯޅި
- ކުރިކީލަ މަގު
- ދިލްބަހާރު މަގު
- ދެވިނަ މަގު
މާލެ ސިޓީ ކުރިކީލަ މަގު، ދިލްބަހާރު މަގު އަދި ދެވިނަ މަގު ހިމެނޭ ސަރަހައްދުން ކަރަންްޓްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބެލެވެނީ މާދަމާ ހެނދުނު 09:30 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އަދި މާލެ ސިޓީ، ޖޯޝީ ހިނގުން، ޗާންދަނީ މަގު އަދި ޗާންދަނީ މަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އާއި 15:00 ދެމެދުގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުންޏެވެ.
ދޭތެރެ ދޭތެރެއިން މިގޮތަށް އަބަދުވެސް ކަރަންޓް މަސައްކަތް އަޕްގްރޭޑް ކުރަމުންދެއެވެ. ކަރަންޓް ކަނޑާލަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މާފަށް އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

