ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 14:45 އެހައިކަންހާއިރުއެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގެ ފިތުރޯނު މަގުގެ ވެމްކޯ ކައިރީގައި ކަމަށް ފުލުހުން "ހުވަދު" މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އޭނާ އަށް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

