ފަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮބޯޓް ފުން ކުރުމުގެ މަސައްކަތް އެފްއެސްއެމްގެ ބޮޑު ބޯޓެއްގެ އެހީގައި ފަށައިފިއެވެ.
މި ތެޔޮބޯޓު އަރާފައިވަނީ ގއ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށެވެ. ތެޔޮ ބޯޓު ފަރަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.
ހާދިސާ ހިނގި އިރު ބޯޓުގައި ތިން މީހަކު ތިބި ކަމަށާއި ބޯޓު ފަޅައިގެން ގޮސް ތެޔޮ ލީކުވުން ކަހަލަ ކަމެއް ފެންނަން ނެތް ނަމަވެސް ފަރަށް ގެއްލުންތަކެއްވެ ފަރު ހަލާކުވެފައިވާ ކަމަށް ރައީސް މައުލޫމާތު ދިނެވެ.

