ބ. ކަމަދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ.ގަން މަތިމަރަދޫ/ފާގެމާގެ، އަހުމަދު ހަލީލު (50 އަހަރު) އެވެ.
އަހުމަދު ހަލީލު ހައްޔަރުކޮށްފައިވަނީ ކަމަދޫ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ ކަމަދޫ ބަނދަރު ސަރަހައްދުން ހުއްޓުވައިގެންނެވެ.
އަހުމަދު ހަލީލު ހައްޔަރުކޮށްފައިވަނީ މިމަހު 1 ވަނަ ދުވަހު ކަމަދޫ ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތެކެވެ.
ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން ވަނީ އަހުމަދު ހަލީލުގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

