މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންތަކެއް ރިޝްވަތުގެ މައްސަލައެއްގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ޚިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ފެށިފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކަސްޓަމްސްގެ އޮފިސަރުންތަކެއް ރިޝްވަތުގެ ގޮތުގައި 400 މިލިއަނެއްހާ ރުފިޔާ ނަގާފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
ނަމަވެސް، މި ތުހުމަތާ ގުޅޭގޮތުން ކަސްޓަމްސްއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

