އިރުވައި މޫސުމުގެ ދުންފުހުގެ އަސަރު އުތުރުގެ އަތޮޅުތަަކަށް ކޮށްފިއެވެ.
މެޓުން ބުނިގޮތުގައި މި ދުންފުހުގެ ސަބަބުން ވައި ނުސާފްވެ އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަޑަކަށް 3 ކިލޯމީޓަރު ދަށްވެފައިވެއެވެ. އަދި މިހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެން ދާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މިފަހަރުގެ އިރުވައި މޫސުން ފަށާފައިވަނީ އެހެން ފަހަރުތަކަށް ވުރެ ލަހުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ އިރުވައި މޫސުން ފެށިފައިވަނީ މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގައެވެ.
މެޓް އިން ބުނާގޮތުގައި އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލެވެ.

