ވެލާނާ އިންޓާނޭޝަނަލް އެއަރޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ދަނީ މިވަގުތު އެކްސިޑެންޓް ހިނގި ސީންގައި ހަރަކާތްތެރި ވަމުނެނެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ އަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން "ހުވަދު" މީޑިއާ އަށް މައުލޫމާތު ދިނެވެ. އޭގެ އިތުރުން ކާރު ފަހަތުގައި އިން މީހާއަށް އަނިޔާވެގެން އެއަރޕޯޓު ކްލިނިކުގައި ވަނީ ފަރުވާދީފައެވެ. ކާރު ފަހަތުގައި އިން މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:45 އެހައިކަންހާއިރެވެ. މި ހާދިސާ ހިނގާފައިވަނީ ކާރު، މަގު ވަކިކުރާ ބައިތަކާއި ވަން ވޭ އެއްގައި ޖެހުމަށްފަހު ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ. ހާދިސާގައި އަނިޔާވި ކާރުގެ ޑްރައިވަރަށް ފަރުވާދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
މި ހާދިސާގެ މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މާލޭގައި މިއަދު ކާރަކާއި ޕިކަޕެއް ޖެހި އިތުުރު އެކްސިޑެންޓެއް ވެސް ހިނގައިފައިވެއެވެ.

