ޖޯޒީ އެމްވީއިން އެންމެ ފަހުގެ ފެބްރިކް މެޓީރިއަލްސް 20އިންސަައްތައިގެ ޑިސްކައުންޓާއެކު މާކެޓަށް ނެރެފިއެވެ. މި މެޓީރިއަލްސްއަކީ ދުނިޔޭގެ މަޝްހޫރު ކްލަބްތަކުން ވެސް އެންމެ ކަމުދާ ކަމަށް ބުނަމުން އަންނަ ޑްރައި ފިޓް ޖެކުއާޑް މެޓީރިއަލްސްއެވެ.
ޖޯޒީ އެމްވީގެ ޕްރިމިއަމް ބްރޭންޑްގެ ދަށުން ވިއްކާ މި މެޓީރިއަލްސްގެ ތިން ވައްތަރެއް މިހާރު މާކެޓަށް ނެރެ، ވިއްކަން ވަނީ ފަށާފައެވެ. މި މެޓީރިއަލްސްގެ ހާއްސަ ކަމަކީ ކުޅޭއިރު ހިއްލާ ދާ އެބްސޯބްކޮށް، އަނެއްފަޅިން އެ ދާތައް ނެރެ ބޭރުކޮށްލުމުގެ ސްޕީޑު އަވަސްވުމެވެ.

ޖޯޒީ އެމްވީއިން އެންމެ ފަހުން މާކެޓަރށް ނެރުނު ކޮލިޓީ ފޮތީގެ ކޮލިޓީ ޖާޒީ/ ފޮޓޯ:ޖޯޒީއެމްވީ

ޖޯޒީ އެމްވީއިން އެންމެ ފަހުން މާކެޓަރށް ނެރުނު ކޮލިޓީ ފޮތީގެ ކޮލިޓީ ޖާޒީ/ ފޮޓޯ:ޖޯޒީއެމްވީ
ކުޅުންތެރިޔާ އަބަދުވެސް ފްރެޝްކޮށް ބެހެއްޓުމަށް ޚާއްޞަ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ މި ފެބްރިކް، މިހާރު 20 އިން ސައްތަ ޑިސްކައުންޓާއެކު ލިބެން ހުންނާނެއެވެ. މިއީ ކުޅިވަރުގެ މައިދާނުގައި ކުޅުންތެރިންނަށް ފަސޭހަކަމާއެކު ކުޅެވޭނެ ގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޓީރިއަލްއެކެވެ.
ޖޯޒީ އެމްވީގެ ވެރިއެއް ބުނި ގޮތުގައި، މި އައު މެޓީރިއަލްސް ނެރުމުގެ މަގުސަދަކީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ދުނިޔޭގެ ފެންވަރުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ މެޓީރިއަލްސް ވީހާވެސް އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ.
އެ ކުންފުނިން ވަނީ މައުލޫމާތުދީފައި ވާގޮތުގައި، މި މެޓީރިއަލްސް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖޯޒީ އެމްވީގެ ހުރިހާ ގޮފިތަކަކުންނާއި، އޮންލައިންކޮށް ވެސް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައވެ. މި ހާއްސަ ޑިސްކައުންޓް އޮފަރ ދެމިއޮންނާނީ ސްޓޮކް ހުސްވަންދެން ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

